ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސްގެ ދެކަނބަލުން ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުން -ފޮޓޯ: ރައީސް އޮފީސް
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި
ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ މިއަދު ބައްދަލުކުރައްވައިފި އެވެ.
Advertisement

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސިންގަޕޫރްގައި ދިރިއުޅޭ އާއިލާތަކާ ވަކިވަކިން ބައްދަލުކުރައްވާ އެ އާއިލާތަކާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ. އަދި އާޢިލާތަކާއެކު ރައީސްގެ ދެކަނބަލުން ވަނީ ފޮޓޯ ނަންގަވާފަ އެވެ.

ރައީސް އޮފީހުން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރައީސް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމްގެ ދައުވަތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި މަތީފަންތީގެ ސަރުކާރުގެ ވަފުދެއް ބައިވެރިވެރިވަޑަގެންނެވި އެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ، އެ ގައުމުގެ ރައީސްގެ ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސް އަންނަނީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި، އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވަމުންނެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް