ވިލުފުށީގައި އިއްޔެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ތެޔޮ އުފުލާ ބޯޓެއްގައެވެ. އެ ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދޯނީގެ ވެރިފަރާތާއި ބިދޭސީ މީހެކެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު އިތުރު ތަފްސީލެއް ނުދީ މިއަދު ވިދާޅުވީ އެ ހާދިސާގައި މާލެ ގެނައި މީހާއަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ.
މި ހާދިސާގައި ފިހުނު ބިދޭސީ މީހާއަށް އެހާ ބޮޑުވަރު ނުވި ނަމަވެސް އެމީހާ އަށް ވެސް އަންނަނީ ވިލުފުށީ ހެލްތު ސެންޓަރުގައި ފަރުވާދެމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.