ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް މުއިއްޒާއި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވާހަކަފުޅު ދައްކަވަނީ
ރާއްޖެ-ސިންގަޕޫރުގެ ގުޅުމުގެ އާ ބާބެއް ފެށިއްޖެ: ރައީސް
ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަނަމްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮންނަ ގާތް ގުޅުމުގެ އާ ބާބެއްގެ ފެށުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ތިން ދުވަހަށް ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީ، މަތީ ތައުލީމު، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނު؛ ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒްއާއެކު އެއްބާރުލުން؛ އަދި ތަޖުރިބާ ދަތުރުތަކުގެ ތެރެއިން ތަރައްޤީއަށް ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގައި ދެ ގައުމުން އެމްއޯޔޫތަކުގައި ސޮއިކުރެވުނުކަމީ އުފާކުރާ ކަމެއް ކަމަށެވެ.

އަދި މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމުން ވެސް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް ފާހަގަކޮށްދިން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގައި ވަނީ ރާއްޖޭގައި ހުރި އިންވެސްޓު ކުރުމުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމަށް އިންވެސްޓުމެންޓު ފޯރަމެއް ވެސް ބާއްވައިފަ އެވެ.

"އަޅުގަނޑުމެންގެ 50 އަހަރުވީ ހާރިޖީ ގުޅުން ފާހަގަކުރާއިރު، މިއީ ރާއްޖެއާއި ސިންގަޕޫރުގެ ގުޅުންތަކުގެ އާ ބާބެއް ފެށުނު ޒިޔާރަތެއްކަން އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ އާއި ބޮޑުވަޒީރު ލޯރެންސް ވޮންގްއާ ވެސް ބައްދަލުކުރެއްވި އެވެ. އަދި އެ ގައުމުގައި ފާހަގަކުރެވޭ ތަފާތު ތަންތަނަށް ޒިޔާރަތް ކުރައްވައި މައުލޫމާތު އޮޅުން ފިލުއްވި އެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސްވަނީ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހީންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް