
އުރީދޫއިން ބުނީ މޯބައިލް އެޕް މެދުވެރިކޮށް ރީޗާޖްކޮށްލައިގެން ކޮންމެ ހަފްތާއަކު އަގުހުރި އެތައް އިނާމްތަކެއް ހޯދޭނޭކަމަށެވެ. އެގޮތުން 50 ރުފިޔާއިން މަތީގެ އަދަދަކުން ރީޗާޖްކޮށްގެން ނުވަތަ އެޑްއޮން އެއް ނަގައިގެން ކަނޑައެޅިފައިވާ އިނާމްތައް ހޯދުމުގެ ގުރުސަތު ލިބިގެންދާނެކަމަށެވެ.
ކޮންމެ ހަފްތާއަކަށް ކަނޑައެޅިފައިވާ އިނާމްތަކުގެ ތެރޭގައި ސްމާޓް ވޮޗް، ޖޭބީއެލް ޕޯޓަބަލް ސްޕޯކަރުގެ އިތުރުން އިއާޕޮދްގެ އިތުރުންވެސް ތަފާތު އިނާމްތައް ހިމެނެއެވެ. ކޮންމެ ހަފްތާއަކު ލިބޭ އިނާމްތަކުގެ އިތުރުން އުރީދޫއިން ވަނީ މި ޕްރޮމޯޝަނުގެ ގްރޭންޑް ޕްރައިޒް އިނާމެއްގެ ގޮތުގައި ސެމްސަން އެސް 25 އަލްޓްރާ ފޯނެއް ދިނުމަށް ނިންމާފަ އެވެ.
އަދި މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެޕް މެދުވެރިކޮށް ރީޗާޖް ކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތައަކު ހޮވާލެވޭ އެއް ނަސީބުވެރިއަކަށް ކަނޑައެޅިފައިވާ އިނާމުތަކުގެ ތެރޭގައި:
- ސެމްސަންގް ގެލެކްސީ ވޮޗް
- އެޕަލް ވޮޗް
- ސެމްސަންގް ގެލެކްސީ ބަޑް
- ވާވޭ ވޮޗް ބަޑްސް
- އެޕަލް އެއާޕޮޑްސް
- އެކްސްބޮކްސް
- ޖޭބިއެލް ވަޔާލެސް ޕޯޓަބަލް ސްޕީކަރު
- ޒިއޯމީ ރޮބޮޓް ވެކިއުމް
މި ޕްރޮމޯޝަން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.