
ތިން ދުވަހުގެ މި ދަތުރުގައި ނ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވާ ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ހަމޖެހިފައިވާކަން ވަނީ އެނގިފައެވެ. އަދި މި ދަތުރުގައި ނ. މާފަރު އެއާޕޯޓަށް ބޮޑުކުރި ބައި ރަސްމީކޮށް ހުޅުވަން ވަނީ ހަމަޖެހިފައެވެ.
ނ. މާފަރު އިންޓާނޭޝަނަލް އެއާޕޯޓު ރަންވޭ ބޮޑުކޮށް، އަޕްގްރޭޑްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ހަވާލުކުރީ 2022 ވަނަ އަހަރުއެވެ.
އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ފޯރުކޮށްދޭ މާލީ އެހީއެއްގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫއުގައި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްގައި މިހާރު ބޭނުންކުރާ ރަންވޭއަށް 650 މީޓަރު އިތުރުކުރުމާއި، ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮަށް ހިމާޔަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑްކުރުމާއި ޓެކްސީވޭ ފުޅާކުރުމާއި އޭޖީއެލް އަޕްގްރޭޑްކޮށް ޕަވާ ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.