
ފަރުމުއްޔަކީ މާފަރުގެ ބައެއް ނޫން ކަމަށް ކަނޑައެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.
ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވަނީ ފަރުމުލި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ފަހުން ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ވަނީ ފަރުމުލީގައި ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަން ހުށަހަޅަން ހުޅުވާލައިފައެވެ.
އެ އިއުލާނުގައިވާ ގޮތުން ބީލަމުގެ ދަށުން ދެނީ 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދާއެކު 15 ހެކްޓަރަށްވުރެ ބޮޑު ނޫން ރަށެއް ހިއްކުމަށެވެ.
ފަރުމުއްޔަކީ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީވެސް ރައީސް މުއިއްޒުގެ ގަރާރަކުންނެވެ.
ރައީސް ރިޔާސީ ކެމްޕޭނަށް މާފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ ސޯލިހުގެ ސަރުކާރުން އެ ރަށުގެ އިހްތިސާސުން ވަކިކޮށްފައިވާ ބަޔަކީ އެ ރަށަށް ލިބެން ޖެހޭނެ ބައެއްކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އަދި އެ ރަށު ފަޅުތެރޭގައި ރިސޯޓް ހަދައި، ޓޫރިޒަމްގެ ފުރުސަތު އިތުރުކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވައުދުވެވަޑައިގަތެވެ.