ads
އަވަހާރަވި ޕްރިންސް އަލް ވަލީދު ހޮސްޕިޓަލުގައި އޮންނަވަނިކޮށް ބައްޕާފުޅު ޚާލިދު ބޮސް ދެއްވަނީ
20 އަހަރު ކޯމާއެއްގައި އޮންނެވި ސައުދީ އަމީރެއް އަވަހާރަވެއްޖެ
ކާރު އެކްސިޑެންޓެއްގެ ސަބަބުން 20 އަހަރު ވަންދެން ކޯމާގައި އޮންނެވި ސައުދީ ޕްރިންސް އަލް ވަލީދު ބިން ހާލިދު އަވަހާރަވެއްޖެ އެވެ.
Advertisement

"ސްލީޕިންގ ޕްރިންސް"ގެ ގޮތުގައި މަޝްހޫރުވެފައިވާ އަމީރު އަލްވަލީދު ކޯމާއަކަށް ދިޔައީ އޭނާ އިނގިރޭސިވިލާތުގައި ކިޔަވަން ހުންނެވި ދުވަސްވަރު އެކްސިޑެންޓެއްވުމަށް ފަހުގަ އެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 15 އަހަރެވެ. 2005ވަނަ އަހަރު ލަންޑަންގައިވި މި އެކްސިޑެންޓަށްފަހު އެއްވެސް ވަރަކަށް އޭނާގެ ހޭ އަރައިފައެއް ނުވެ އެވެ. ފާއިތުވި 20 އަހަރު އޭނާގެ ސިއްހީ ކަންކަން ގާތުން ބަލަމުން ދިޔަ ނަމަވެސް މަދު ފަހަރެއްގައި ނޫނީ ހަށިގަނޑުން އެއްވެސް ހަރަކާތެއް ފެނިފައެއް ނުވެ އެވެ.

1990ވަނަ އަހަރުގެ އޭޕްރީލް މަހު އުފަންވެވަޑައިގެން ޕްރިންސް އަލް ވަލީދަކީ ސައުދީގެ މަޝްހޫރު ޝާހީ އާއިލާއެއް ކަމަށްވާ ޕްރިންސް ހާލިދު ބިން ތަލާލް އަލް ސައުދުގެ ދޮށީ ދަރިކަލުން އަދި ބިލިއަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލްގެ ކޮއްކޯފުޅެވެ.

ދަރިކަލުންގެ އަވަހާރަވިކަން އޭނާ މިއަދު އިއުލާންކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އަމީރު އަލްވަލީދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ރިޔާޟުގައި ހުންނަ އިމާމް ތުރްކީ ބިން އަބްދުالله މިސްކިތުގަ އެވެ. އޭނާ އަވަހާރަވިއިރު އުމުރަކީ 36 އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް