ads
ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
މާފަރާއި ކުޑަފަރީ ސިއްހީ މަރުކަޒު ހަދަނީ، ޖުމްލަ 38 މިލިއަން
ނ. މާފަރާއި އެއަތޮޅު ކުޑަފަރީ ސިއްހީ މަރުކަޒު ހަދަން ސަރުކާރުގެ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
Advertisement

މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. ފެނެކަައިގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފްއެވެ. 

މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ

 10،900،000.93ރުފިޔާއެވެ. މި އެއްބަސްވުމުގެ ދަށުން މާފަރު ސިއްހީ މަރުކަޒަށް ހަތަރު އެނދުގެ ވާޑެއް އިތުރުކުރެވި، ޕްރައިވެޓް ރޫމަކާއި. ނާސް ސްޓޭޝަން، މީޓިން ހޯލް، ޕަބްލިކް ހެލްތު ޔުނިޓެއް ގާއިމުކުރެވޭނެއެވެ. މީގެިތުރުން ސިއްހީ މަރުކަޒުގައި ޕޯޓިކޯ ގާއިމްކުރެވިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. 

your imageނ. މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން 

ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަޔް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޝަރީފްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސައުދީއެވެ. 

360 ދުވަހުގެ ތެރޭގައި ނިންމަން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ  27،635،152.40 ރުފިޔާއަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް