މި މަރުކަޒުގެ ބިންގާ އަޅާފައިވަނީ މިހާރު ރައީސް ޑރ. މުހައްމދު މުއިއްޒު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މާފަރުގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވާދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ. މާފަރުގައި އަޅާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
ރައީސް ޑރ. މުއިއްޒު ނ . އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާފަރުގައި
ނ. އަތޮޅަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ވަނީ ފުރާވަޑައިގެންފައެވެ. މި ދަތުރުގައި ނ. އަތޮޅު ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫއަށް ރައީސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.