ads
އިންޑިއާ އިން ފެންވަރު ރަނގަޅު ބޭސް ގެންނަން އެއްބަސްވުން ބަދަލުކުރުމުގެ ތެރެއިން
އިންޑިއާ އިން ފެންވަރު ރަނގަޅު ބޭސް ގެންނަން ސޮއިކޮށްފި
ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް އިންޑިއާއިން ގެންނަން އެކަމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން އިންޑިއަން ފާމަކޯޕީއަ ކޮމިޝަން (އައިޕީސީ) އާ އެކު ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކުރީ މިހާރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ދެ ގައުމުމުގެ މަޝްވަރާތަކަށް ފަހުއެވެ. 

އިންޑިއަން ފާމަކޯޕިއާ ކޮމިޝަންގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިޔާގެ ހައި ކޮމިޝަނަރު މިސްޓަ ޝްރީ ޖީ. ބާލާސުބްރަމަނިއަންއެވެ.  މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ހެލުތު  މިސްޓަރ އަބްދު ﷲ ނާޒިމް އިބްރާހީމްއެވެ. 

މި އެމް.އޯ.ޔޫގައި ސޮއިކުރެވިގެންދިޔުމަކީ ދެ ޤައުމުގެ ދެމެދުގައި ސިއްހީ ދާއިރާގެ އެއްބާރުލުން ވަރުގަދަކޮށްދިނުމަށް އެޅިގެންދިޔަ ފާހަގަކޮށްލެވޭ ބިންގަލެެއްކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. 

މި އެއްބަސްވުމާއި އެކު ރާއްޖެއިން އިންޑިއަން ފާމަކޯޕީއަ (އައި.ޕީ) ބަލައިގަންނާނީ ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ބޭސްތަކުގެ މިންގަނޑުތައް ކަނޑައަޅާ ރަސްމީ ފޮތެއްގެ ގޮތުގައިކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ބޭސްތަކުގެ ފެންވަރު ކަށަވަރުކުރުން އިތުރުވެ، ރެގިއުލޭޓަރީ މަރުހަލާތައް ހަލުވިވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

 މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެ ނިޒާމު ހަމަޖެހިގެންދާނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ. 

މި އެއްބަސްވުމުގެ  ސަބަބުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެކަމަށާއި އެގޮތުން ފެންވަރު ބެލުމުގެ ތަހްލީލުތަކަށް ބޭނުންވާ އިންޑިއަން ފާމަކޯޕީއާ ރެފަރެންސް ސްޓޭންޑަޑްސް (އައި.ޕީ.އާރް.އެސް) އަދި އިމްޕިއުރިޓީ ސްޓޭންޑާޑްސް އައި.ޕީއާރް.އެސް މެދުވެރިކޮށް އެކަށީގެންވާ އަގުތަކެއްގައި ލިބިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. 

މި އެއްބާރުލުމުގެ ސަބަބުން ޖެނެރިކް ބޭސްތައް ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވި، ދިވެހިރާއްޖޭގައި ހެޔޮއަގުތަކެއްގައި ބޭސް ލިބުމަށް މަގުފަހިވެގެންދާނެކަމަށްވެސް ހެލްތުން ބުނެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް