ads
ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނާއި ބީއެމްއެލުން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރަން ބީއެމްއެލްއިން އެހީވަނީ
އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރުމަށް ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީވާން ނިންމައިފިއެވެ.
Advertisement

ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއެކު ފަސް އަހަރުގެ ޕާޓްނާޝިޕް އެއްބަސްވުމެއްގައި ބީއެމްއެލުން މިއަދު ވަނީ ސޮއިކޮށްފައެވެ.

ބީއެމްއެލުން ބުނީ މި އެއްބަސްވުމުގެ ދަށުން، ބާސްކެޓްބޯޅަ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ތަމްރީނުތަކަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރުމަށް އެ ބޭންކުން އެހީވާނެކަމަށެވެ. މިއެރީނާ ވެގެންދާނީ ބާސްކެޓް ބޯޅަ ގައުމީ ޓީމާއި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ޕްރެކްޓިސް އަށް ހާއްސަކުރެވިފައިވާ ތަނަކަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ. 

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ދެ މުބާރާތް ކަމުގައިވާ ނެޝަނަލް ބާސްކެޓްބޯލް ލީގާއި ނެޝަނަލް 3 އޮން 3 ލީގަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. އަދި ކުޅުންތެރިން ތަރައްގީ ކުރުމަށް މަގުފަހިކޮށްދެވި، މުޅި ރާއްޖޭގައި މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. 

މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ މި އެއްބަސްވުމުން ދައްކުވައިދެނީ ރާއްޖޭގައި ކުޅިވަރުގެ ހުނަރު ހަރުދަނާކޮށް، ހުނަރުވެރި ކުޅުންތެރިން ކުރެއެރުވުމަށް ބޭންކުންދޭ އަހުމިއްޔަތުކަމަށެވެ. އަދި އުންމީދަކީ ރާއްޖޭގެ ބާސްކެޓްބޯޅަ ކުޅުންތެރިން މުޅިން އާ ހަރުފަތަކަށް ދިޔުންކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. 

" ރާއްޖޭގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްގީގުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ބޭންކެއްގެ ހައިސިއްޔަތުން، ރާއްޖޭގައި މަގުބޫލުކަން އިތުރުވަމުންދާ ކުޅިވަރެއް ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންއާއެކު އެއްބަސްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހްރެއް،" ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވިއެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ މި އެއްބަސްވުމާއެކު އެތުލީޓުންނަށްވެސް އިތުރަށް ފުރުސަތުތައް ފަހިވެ، އިތުރު ކާމިޔާބީތައް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށެވެ. 

" ބާސްކެޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިން އިތުރަށް ކުރިއެރުވުމަށް ބީއެމްއެލްއާ ގުޅުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބީއެމްއެލް ފާހަގަކުރެވެނީ ރާއްޖޭގައި އެކި ކުޅިވަރު ކުރިއަރުވައި، އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކެއްގެ ގޮތުގައި." އެމްބީއޭ ގެ ރައީސް އަހުމަދު އާދަމް ވިދާޅުވިއެވެ.

 ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކާއި ދެމެހެއްޓެނިވި މަޝްރޫއުތަކާއެކު ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް