އެމްޓީސީސީން އިތުރަށް ބުނިގޮތުގައި ފޮނަދޫގެ އާލީ ހިނގުމާއި މިހިރި މަގު، އަދި ސަރަހައްދީ މަގުގައި ކުރިއަށްދާ އޭބީސީ އަދި ސަބްބޭސްގެ މަސައްކަތްތަކުގެ 74 ޕަސަންޓް ނިމިފައިވެއެވެ. މި މަޝްރޫއުގެ ދަށުން ސަބް-ބޭސް ތައްޔާރުކުރުމާއި، އަސްފަލްޓް ވެއަރިންގ ކޯސް އަދި ފުޓްޕާތު ތައްޔާރުކުރުމާއި މަގު ހުރަސްކުރާ ސިގްނަލްތައް ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ އިތުރުން ވާރޭ ފެން ހިންދާ ނިޒާމް ގާއިމުކުރުން ހިމެނެއެވެ.
ފޮނަދޫގެ މައި މަގުތައް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީ އިންނެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ 20 ވަނަ ދުވަހުއެވެ.