ނިޝާން އިއްޒަތުގެ ޝަރަފުގައި އަރުވާ އިއްޒަތުގެ ފަށާއި ހާރުކޮޅު މުއުތަސިމަށް ރައީސް މުހައްމަދު މުއިއްޒު އެރުވީ މިދިޔަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފު މުއުތަސިމް ފިޔަވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ދައުލަތުގެ މަތީ މަގާމުތަކެއް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާ ހަސަން ސޯބިރަށްވެސް އެރުވިއެވެ.
މުއުތަސިމަށް މި ޝަރަފު ހައްގު ނުވާ ސަބަބެއްގެ ގޮތުގައި ޔާމީން ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ހައްސާސް މައްސަލައެއް އޮއްވާ، އެކަމާ ގުޅޭ ގޮތުން އެއްވެސް ބަހެއް ނުބުނެ އަދި ގޮތެއް ނުނިންމާ މަގާމުން ދުރަށް ދިއުމަށްފަހު މި ޝަރަފު ލިބިފައިވާތީއެވެ.