ads
މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ގައުމާއި މުހާތަބު ކުރައްވަނީ
އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ފުވައްމުލައް ސިޓީގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
Advertisement

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ހިތާމަވެރި ހާދިސާގެ ހަބަރު އަޑުއެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ. އަދި ނިޔާވި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާފައިވެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 2:40 ހާއިރު ފުވައްމުލައް ފުނާޑު، ހުސްނުހީނާ މަގުންނެވެ. ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލްނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑީގައި ޖެހިގެން މި އެކްސިޑެންޓު ހިނގާފައިވަނީއެވެ.

މި އެކްސިޑެންޓުގައި ޖެހުނު 17 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ދަންވަރު 3:38 ހާއިރުއެވެ. ރައީސް މުއިއްޒު އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ މަރުހޫމްގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް އެދި ދުއާ ދަންނަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް