ads
ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ އަތޮޅުގެ 4 ރަށަކަށް ފޮނުވި ގަސްތައް
ށ. އަތޮޅަށް 1،000 އަށް ވުރެ ގިނަ ގަސް ފޮނުވައިފި
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ށ. އަތޮޅަށް 1،000 އަށް ވުރެ ގިނަ ގަސް ފޮނުވައިފިއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ މި ގަސްތައް އެ އަތޮޅަށް ހަދިޔާކުރީ ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރަން ހިންގާ "ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުންކަމަށެވެ. މިގޮތުން ގަސް ފޮނުވީ ށ. އަތޮޅުގެ ވެރިކަން ކުރާ ފުނަދޫއާއި ނަރުދޫއާއި ޅައިމަގުގެ އިތުރުން ބިލެތްފައްސަށެވެ. މި ހަތަރު ރަށަށް 1159 ގަސް ވަނީ ފޮނުވާފައެވެ. 

މި ރަށްތަކަށް ފޮނުވީ، އަލަ ގަހާއި ބަނބުކޭލާއި ޖަނބުރޯލާއި މުރަނގަ ގަހެވެ. 

ށ. ފުނަދޫ ފޮނުވި ގަސްތައް

- 65 ބަނބުކެޔޮ ގަސް

- 116 ޖަނބުރޯލް ގަސް

- 111 މުރަނގަ ގަސް

- 32 އަލަ ގަސް

ޅައިމަގަށް ފޮނުވި ގަސްތައް

- 59 ބަނބުކެޔޮ ގަސް

- 52 ޖަނބުރޯލު ގަސް

- 51 މުރަނގަ ގަސް

- 216 އަލަ ގަސް

ނަރުދޫއަށް ފޮނުވި ގަސްތައް

- 60 ބަނބުކެޔޮ ގަސް

- 71 ޖަނބުރޯލު ގަސް

- 67 މުރަނގަ ގަސް

- 56 އަލަ ގަސް

ބިލެތްފަހިއަށް ފޮނުވި ގަސްތައް 

- 29 ބަނބުކެޔޮ ގަސް

- 29 ޖަނބުރޯލު ގަސް

- 29 މުރަނގަ ގަސް

- 116 އަލަ ގަސް 

މި ހަތަރު ރަށަށް ފޮނުވި ގަސްތައް ފޮނުވާފައިވަނީ އެރަށްތަކުގެ ކައުންސިލާއި އޮފީސްތަކާއި ގެތަކަށެވެ. ދަނަޑުވެރިކަމާއި ބެހޭ މިނިސްޓްރީން ވަނީ މިދިޔަ ޖޫން މަހު ހދ. ހަނިމާދޫ ކައުންސިލަށް ވަނީ 50 ބަނބުކެޔޮ ގަސް ހަދިޔާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް