
ދިރާގުން ބުނީ، 2018 ވަނަ އަހަރުން ފެށިގެން ޑީއެމްއާރްއާރުން ރަސްމީ ކޯޗިން ޕާޓްނަރުންނާއެކު މަސައްކަތްކޮށްފައިވަނީ، އެންމެންނަށް ވެސް ފަސޭހައިން ދުވުމުގެ ތަމްރީނުތައް ހޯދޭނެ ގޮތް ހެދުމަށައި ދުޅަހެޔޮކޮށް ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ކޯޗިންގ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ކުރިން އީމެއިލް ފޮނުވުމަށް ދިރާގުން ބުނެފައި ވެއެވެ.
ޑީއެމްއާރްއާރް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން އެއްތަނަކަށް ޖަމާކޮށް، ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާ އެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓު ކޮށްފައިވާ ދުވުމެކެވެ.
ޑީއެމްއާރްއާރްގެ 16 ވަނަ އެޑިޝަން އޮންނާނީ އަންނަ މަހުގެ 24 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
ދިރާގުގެ އަމާޒަކީ ކޯޗިން ޕާޓްނަރުންގެ އެހީއާ އެކު، މި ދުވުމަށް ގިނަ ބަޔަކު ފުރިހަމަ ގޮތުގައި ތައްޔާރުވެ، މި އިވެންޓްގެ ރޫހު އިތުރަށް ވަރުގަދަވެގެން ދިއުން ކަމަށް ބުންޏެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަށް ރަޖިސްޓާކުރުމާއި މި އިވެންޓްގެ އިތުރު މަޢުލޫމާތު ދިރާގު މޯލްޑިވްސް ރޯޑްރޭސް ވެބްސައިޓުން ލިބޭނެ އެވެ