
މި ބަދަލާއެކު، ތ.ތިމަރަފުށި، ބޮޑުގެ މުޙައްމަދު ޢާމިރު ވަނީ ބޯޑުގެ މެންބަރުކަމުން ވަކިކުރެވިފައެވެ. އަދި، މި މަގާމަށް މއ.ޑޯންޝައިން، ޢާއިޝަތު މުޒްނާ އައްޔަންކޮށްފައިވެއެވެ. މުޒްނާއަކީ މިހާރު ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.
މުޒްނާ ވަނީ 2000 ވަނަ އަހަރު ސްޓެލްކޯއާ ގުޅިވަޑައިގެން، އެ ކުންފުނީގެ ގިނަ ޑިޕާޓްމަންޓްތަކުގައި އިސް މަގާމުތައް ފުރުއްވާފައެވެ. އޭނާ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. ބޯޑުން ވަކިކުރި މުޙައްމަދު ޢާމިރަކީ ބޭންކިން އެންޑް ފައިނޭންސިން ދާއިރާގެ ބޭފުޅެކެވެ. އޭނާ ސްޓެލްކޯގެ ބޯޑަށް އައްޔަން ކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރ 24 ގައެވެ.
ސްޓެލްކޯގެ ބޯޑަށް މި ބަދަލު އައިސްފައި މިވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީ ވަކިކޮށް، އަހްމަދު ޝަމާހް ރަޝީދު އާ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އައްޔަން ކުރިތާ ދެ ދުވަސް ފަހުންނެވެ. މި ބަދަލުތަކުން ދައްކުވައިދެނީ ސްޓެލްކޯގެ ހިންގުމަށް މުހިންމު ބަދަލުތަކެއް އަންނަމުންދާ ކަމެވެ.