
މި ޒިޔާރާތުގައި އެ މަނިކުފާނުވަނީ ފެލިދޫ، ފުލިދޫ، ކެޔޮދޫ، ރަކީދޫ އަދި ތިނަދޫއަށް ވަޑައިގެން އަށް ވަޑައިގެންފައި ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
ސްޓެލްކޯއިން ބުނާ ގޮތުގައި މި ޒިޔާރަތުގެ ތެރެއިން އެ ރަށްރަށުގެ އިންޖީނުގެއަށް ޒިޔާރަތްކުރައްވާ މިކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ކުރިޔަށް ދާ ގޮތް ބައްލަވާފައިވާ ކަމަށެވެ.
މި ޒިޔާރާތުގައި މިކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކުންފުނީގެ މުވައްޒަފުންނާއި މަޝްވަރާކުރައްވާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައި އެވެ.
ސްޓެލްކޯ ގެ އެމްޑީ ވ.އަތޮޅަށް ޒިޔާރާތް ކުރެއްވުމުގެ ތެރެއިން
މި ދަތުރުގައި ޝަމާހުއާއި އެކު އެ ކުންފުނީގެ އެހެން އިސްވެރިންވެސް ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގަ މަގާމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ސީއީއޯކަމުން މިދިޔަ އަހަރު ވަކިކުރި އަހްމަދު ޝަމާހު ރަޝީދު އައްޔަނު ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ.
ޝަމާހު މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން އޭނާ ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރީ މިދިޔަ އަހަރު އެވެ.
ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުވެސް ކުރި އެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ 2024 ވަނަ އަހަރުގެ އެޕްރީލް މަހު އެވެ.