ވިލުފުށީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓް ކޮމެޕެނީ ލިމިޓެޑް،(އެމްއޭސީއެލް) އާއެވެ. އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިިނިސްޓަރު މޫސާ ޒަމީރުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާޙީމް ޝަރީފް މުހައްމަދުއެވެ. ވިލުފުށީ އެއާޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްގީކުރާ އެއާޕޯޓެކެވެ.
ވިލުފުށީގައި އެއާޕޯޓް އަޅާ އެތަން ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
މި އެއާޕޯޓް އަޅަން ބޭނުންވާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިއަދު ވަނީ ފަށާފައެވެ. އެރަށުގައި މިއަދު ހެނދުނު ހެނދުނާ ބެއްވީ ރަސްމިއްޔާތެއްގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާ ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެޑައިގަތެވެ.
ވިލުފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މިއަދުން ފެށިގެން ސެ އަހަރާއި ބައިގެ ތެރޭގައި އެއާޕޯޓް މަސައްކަތް ނިންމާ ދަތުރުކުރަން ފައްޓަވާނެކަމަށެވެ.
ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފެށުން ބަލާލަން ނުކުމެ ތިބި އެރަށުގެ ރައްޔިތުން
އެއާޕޯޓްގެ އިތުރުންވެސް ވިލުފުށީގެ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ރޭ ރަޢީސް ވަނީ އިއުލާންކުރައްވާ ނިންމަވާނެ ތާރިހުތައްވެސް ވިދާޅުވެދެއްވާފައެވެ. އެގޮތުން އެރަށު ހޮސްޕިޓަލްގެ މަސައްކަތް މިއަދު ފަށާ 18 މަސް ދުވަހުގެ ތެރޭގައި އެތަން ނިންމާ ހިދުމަތް ދޭން ފަށާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.