2297 މީހުންގެ އާބާދީއެއް އޮންނަ ވިލުފުށީގައި ތަރައްގީ ކުރަން ނިންމާފައިވާ މި ދަނޑުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނައް އިޖްތިމާއީ ގިނަ ފައިދާތަކާއި ސިއްހީ ގިން ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެމްޓީސީސީގެ ފަރާތުން ޑީސީޕީ (ރޓޑ) އަހުމަދު ސައުދީ އަދި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްރައްޒާގު އިބްރާހިމް އެވެ.
މި ރަސްމީޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ކެބިނެޓް މިނިސްޓަރުން ގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ވިލުފުށީ ކައުންސިލް ގެ އިސްވެރިންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މަސައްކަތުގެ ދަށުން ސްޓޭޑިއަމްގެ ލައިޓް ހަރުކުރުމާއި ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
1 އަހަރު ތެރޭ ނިންމަން ހަވާލުކޮށްފައިވާ މިމަސައްކަތަށް 21.73 މިލިއަން ރުފިޔާ ހަރުދުވާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.