ads
ގދ. ތިނަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް:
ގެއަކަށް ވަދެ، މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައެއްގައި އަންހެނެއް ހައްޔަރުކޮށްފި
ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގައި މަޝްހޫރު އައިމިނަތު ފޭޒްލީން އޭނާގެ އުފަން ރަށް ގދ. ތިނަދޫގެ ގެއަކަށް ހުއްދަ ނެތި ވަދެ، މާރާމާރީ ހިންގައި އިންޒާރު ދީފައިވާ މައްސަލައެއްގެ ތަހުގީގަށް މިއަދު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ފޫޓް ލައިޓް އާގޭ، އުމުރުން 49 އަހަރުގެ އާމިނަތު ފޭޒްލީން ކަމަށެވެ. އޭނާ ހައްޔަރުކުރީ މިއަދު މެންދުރުފަހު 14:32 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ހުއްދަ ނެތި ގެއަކަށް ވަދެ، އެ ގޭގައި ކުޑަކުދިން ތަކެއް ތިއްބައި ހަޑިހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރު ދިންކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް