ރާއްޖޭގައި 2011 ވަނަ އަހަރު އެންމެ 150 މިލިއަން ރުފިޔާއިން ފެށި އެމްއައިބީން ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އިސްލާމިކް ބޭންކުގެ ލަގަބު ހޯދީ ސަރަހައްދުގެ އެހެން ގައުމުތަކާ ވާދަކޮށްގެންނެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އެ ބޭންކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރަށް އެ ބޭންކަކީ ރާއްޖޭގެ އެންމެ ޒަމާނީ ބޭންކިން ހިދުމަތެއް ދޭ އެއް ބެންކެވެ.
މާލެއިން ހިދުމަތް ފެށި އެ ބޭންކަކީ މިހާރު ރާއްޖޭގެ އަތޮޅުތަކަށް ހިދުމަތް ފުޅާކޮށް، އޮންލައިންކޮށް ގިނަ ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އެންމެ ޒަމާނީ މޮބައިލް ބޭންކިން އަދި އިންޓަނެޓް ބޭންކިން ޕްލެޓްފޯމުގެ އިތުރުން އިސްލާމީ އުސޫލުން ފައިނޭނެސިންގެ ހިދުމަތް ލިބޭ އުޖާލާ ޕޯޓަލް ވެސް އެ ބޭންކުން ވަނީ ރާއްޖެއަށް ތައާރަފްކޮއްފަ އެވެ.
އެ ބޭންކުން ވަނީ 2024 ވަނަ އަަހަރު އެބޭންކުގެ އެސްޓް ވެލިއު 10 ބިލިއަނަށް އެރިކަން އިއުލާންކޮށްފަ އެވެ. މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 96 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 10 ޕަސެންޓުގެ އިތުރު އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ބޭންކަށް އާމްދަނީގެ ގޮތުގައި 419 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ހަ މަހަށް ވުރެ 25 ޕަސެންޓު އިތުރު އަދަދެކެވެ.
ރާއްޖޭގެ އިޖްތިމާއީ ކަންކަމަށް ވެސް ބޮޑު ހޭދައެއް ކުރާ، އެމްއައިބީއަކީ ރާއްޖޭގެ އެންމެ ހިއްސާދާރުން ގިނަ އެއް ކުންފުންޏެވެ. އެ ބޭންކާ މެދު ރައްޔިތުން ކުރާ އިތުބާރު އެ ބޭންކުގެ ހިއްސާ ވިއްކަން ހުޅުވާލުމުން ވެސް އެނގިގެންދިޔަ ކަމަށް އެ ބޭންކުން ބުންޏެވެ. އެމްއައިބީއިން ބުނީ އެ ބޭންކުން ދެކޭ ގޮތުގައި އެ ބޭންކުގެ ކާމިޔާބީގެ އަސްލަކީ އެ ބޭންކުގެ ކަސްޓަމަރުންނެވެ. އަދި އެ އެވޯޑުގެ އެ ބޭންކުން ހާއްސަ ކުރަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ކަމަށް އެމްއައިބީއިން ބުންޏެވެ.
އެ ބޭންކުން ދެކޭ ގޮތުގައި އެބޭންކުގެ ކާމިޔާބީގެ އަސްލަކީ އެބޭންކުގެ ކަސްޓަމަރުންނެވެ. އެގޮތުން މި އެވޯޑުގެ އެބޭންކުން ހާއްސަ ކުރަނީ އެބޭންކުގެ ކަސްޓަމަރުންނަށެވެ.