ads
ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ %80 މަސައްކަތް ނިމިއްޖެ
ލ.ފޮނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ މަޝްރޫއުގެ %80 މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.
Advertisement

ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން ބުނީ، ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށާއި، މި މަޝްރޫއުގެ ތެރެއިން މިހާރު 1،136 މީޓަރުގެ ތާރު މަގުތަކުގައި އަޅާފައިވާކަމަށް އެމްޓީސީސީއިން ބުނެ އެވެ. އެއާއެކު މުޅި މަޝްރޫއުގެ ޖުމްލަ %80 މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ބުނެ އެވެ.

ލ.ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ފޮނަދޫގެ 3.64 ކިލޯމީޓަރުގެ މަގުގެ ސަަރަޙައްދުގައި ތާރަ އެޅުމަށް ހަމަޖެހިފައި ވެއެވެ. އަދި އެރަށަށް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލުގެނައުމަށް ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތަކާއި، މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމުގެ އިތުރުން، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެ 

މި މަޝްރޫއަކީ 53.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް