ads
ޝާހްރުކް ހާން؛ "ޕަޓާން" ފިލްމުގެ މަންޒަރެއް
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ބިލިއަނަރަކަށް ވެއްޖެ
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން ބިލިއަނަރަކަށްވެ، ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރަށް ވެއްޖެ އެވެ.
Advertisement

ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހްރުކް މިހާރު ހިމެނެނީ އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގަ އެވެ. "ހުރޫން އިންޑިއާ ރިޗް ލިސްޓް" ގައިވާ ގޮތުން އޭނަގެ މިލްކިއްޔާތު 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ.

ބޮލީވުޑްގައި މަސައްކަތްކުރާތާ 33 އަހަރުވެފައިވާ ޝާހުއަކީ، އެ ލިސްޓުގައިވާ ގޮތުން މިހާރު އިންޑިއާގައި ވެސް އަދި ދުނިޔޭގައި ވެސް އެންމެ މުއްސަނދި އެކްޓަރެވެ. އަދި ބިލިއަނަރަކަށް ވި އިންޑިއާގެ ފުރަތަމަ އެކްޓަރެވެ.

އިންޑިއާގެ މިހާރުގެ އެންމެ މުއްސަނދި މީހަކީ މުކޭޝް އަމްބާނީ އެވެ. އޭނަގެ މިލްކިއްޔާތު 105 ބިލިއަން ޑޮލަރަށް އަރަ އެވެ. އަމްބާނީ އަކީ ރިލަޔަންސް ގްރޫޕްގެ ވެރިޔާ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް