ރިޕޯޓްތައް ބުނާ ގޮތުން، އެ ދެމަފިރިން ހައްޔަރުކުރީ ފުލުހުންގެ އޮޕަރޭޝަނެއްގައި، ހުޅުމާލޭގައި ހުންނަ "ރެއިންކްރެސްޓް" ގެ އެޕާޓްމަންޓަކުންނެވެ. އެއީ އެ ދެމަފިރިން އުޅޭ އެޕާޓްމެންޓް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
އެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ޑްރަގް ފެނުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
އުމުރުން 33 އަހަރުގެ ފައެނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އޭޖީ އޮފީހުން މި ވެރިކަމުގައި އުފެއްދި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔަކަށް ވެސް ނޮވެމްބަރު 2023 ގައި ވަގުތީ ގޮތުން ފައެނާ ހަމަޖެއްސި އެވެ. ފައެނާ އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރަން ފެށީ ސެޕްޓެންބަރު 12، 2013 ގައި ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގަ އެވެ.
އޭގެ އަހަރެއް ފަހުން 2014 ގައި އޭނާ ވަނީ ސްޓޭޓް އެޓަނީ ގެ މަގާމަށް ބަދަލުކޮށްފަ އެވެ. އަދި 2019 ވަނަ އަހަރު ސީނިއަ ސްޓޭޓް ކައުންސެލްގެ މަގާމަށް ޕްރޮމޯޓް ކުރި އެވެ.