ads
ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ ތަން ހިންގުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ އެމްޑީ ޝަރީފު އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުޝާމް މިއަދު ސޮއިކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ބިލަތްފަހީ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި
ށ. ބިލެތްފަހީގަައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށައިފި އެވެ.
Advertisement

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ އެއާޕޯޓު ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުޝާމް އަލީ އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ.

އެ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޝަރީފާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ބިލެތްފަހި ކައުންސިލް ރައީސް އެވެ.

ކުރީ ސަރުކާރުން ބިލެތްފަހީގައި އެއާޕޯޓު އެޅުމަށް 654 މިލިއަން ރުފިޔާގެ މަޝްރޫއެއް ދަށުން، 56.34 ހެކްޓަރުގެ ބިން ހިއްކަން ބަޔަކާ ހަވާލުކުރި ނަމަވެސް ވެރިކަން ނިމުނުއިރު ވެސް އެކަމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.

ބިލެތްފަހީ އެއާޕޯޓު ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް