ads
ބަންޑާރަ ނައިބް އަހްމަދު އުޝާމް
ބެސްޓިނެޓުގެ އެއްބަސްވުމަށް ކުރީ ސަރުކާރުން އަމަލުނުކުރުމުން ބޮޑު ބަދަލެއްދޭންޖެހޭ: އުޝާމް
ބެސްޓިނެޓުގެ އެއްބަސްވުމަށް ކުރީ ސަރުކާރުން އަމަލުނުކުރުމުން ބޮޑު ބަދަލެއްދޭންޖެހިފައިވާ ކަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
Advertisement

އުޝާމް މިހެން ވިދާޅުވެފައިވަނީ ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ކަންކަން ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން ދީފައިވާ ލަފަޔާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުޙައްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އުޝާމް ވިދާޅުވީ ބެސްޓިނެޓާއެކު އެންމެ ފުރަތަމަ އިމިގްރޭޝަނުން ސޮއިކުރީ 2016ވަނަ އަހަރު ކަމަށެވެ.

ނަމަވެސް 2019 ގައި ބިދޭސީން ގެނައުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ބަންގްލަދޭޝްގެ މަސައްކަތްތެރިން އެއް އަހަރު ދުވަހަށް ނުގެނެވޭ ގޮތަށް ހެދުމުން އެއްބަސްވުން ތަންފީޒުނުކުރެވި ހުއްޓިފައި އޮތް ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

މި ބަދަލުތައް އޭރުގެ ސަރުކާރުން ގެންނެވިއިރު ބެސްޓިނެޓާ އެއްވެސް ކަމެއް ހިއްސާކުރައްވާފައި ނުވާ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.

މި އެއްބަސްވުމަށް އަމަލުނުކޮށް، ބެސްޓިނެޓުގެ ސިސްޓަމް ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން އެ ކުންފުނިން ފަސް ލީގަލް ނޯޓިސް ފޮނުވި ކަމަށާއި އެއަށް އޭރުގެ ސަރުކާރުން އެއްވެސްޖަވާބެއް ދީފައިވާކަން ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އެ ކުންފުނިން ސިސްޓަމް ބޭނުންކުރުން ހުއްޓާލިއިރު ރަސްމީކޮށް އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށާއި އެހާތަނަށް ސިސްޓަމްގެ އެކި ކޮމްޕޯނަންޓްތައް ޑިވެލޮޕްކުރުމަށް ބޮޑެތި ހަރަދުތައް ގޮސް، އިންވެސްޓްމަންޓުތައް ކޮށްފައިވާ ކަމަށް އެ ކުންފުނިން ފާހަގަ ކޮށްފައިވާ ކަމަށާއި  އަހަރުން އަހަރަށް ދައްކަންޖެހޭ ފީތައް ނުދެއްކުމުގެ ސަބަބުން އެ ކުންފުންޏަށް ގެއްލުންވެފައިވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ދިނުމަށް ސަރުކާރުގައި އެ ކުންފުނިން އެދިފައިވާ ކަމުގަ އެވެ.

"ބެސްޓިނެޓުން ހުށަހެޅުއްވީ ބަދަލުގެ ގޮތުގައި 13.7 މިލިޔަން ޑޮލަރާއެކި އެހެނިހެން ގެއްލުމުގެ ބަދަލުވެސް ހޯދަން. މިކަމާ ގުޅިގެން 2023 ގައި ކުރީ ސަރުކާރުގެ ބަންޑާރަނައިބު އޭރު ސަރުކާރުގައި އޮތް ސެޓަލްމަންޓް ކޮމިޓީއަށް ހުށަހަޅައިގެން މައްސަލަ ކުރިއަށްގެންދިއުމަށް ލަފާ ދެއްވާފައިވޭ" އުޝާމް ވިދާޅުވި އެވެ


ބަންޑާރަނައިބު ވިދާޅުވީ މި ސަރުކާރުގައި ހޯމް މިނިސްޓަރީން އެ މައްސަލަ ހުށަހެޅުއްވުމުން ދިރާސާކުރުމުގެ ތެރެއިން ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމާމެދު ވަކި ގޮތެއް ނުނިންމައި އަދި އަމަލުކުރާނެ ގޮތެއް އެ ފަރާތައް ނާންގައި ފަސްވަރަކަށް އަހަރުވެފައިވާތީ އެއްބަސްވުން އިތުރަށް ކުރިއަށް ނުގެންދެވޭގޮތަށް އޭރުގެ ސަރުކާރުން އަމަލުކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާކަށެވެ.

އަދި ޝަރުއީ މަރުހަލާގައި މި އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމްތަކުގައި މެޓީރިއަލް ބްރީޗެއް ސަރުކާރުގެ ފަރާތުންވެފައިވާ ކަމަށާއި ޝަރުޢީ މަރުހަލާއަކަށްދާނަމަ ބެސްޓިނެޓުން އެދިފައިވާ ބަދަލު އެފަރާތައް ނަގައިދިނުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އާބިޓްރޭޝަނަށް ދިޔަ ނަމަވެސް ދައުލަތުން ބޮޑެތި ހަރަދުތައް ކުރަންޖެހޭނެކަން ފާހަގަކުރެވުނު ކަމަށް ބަންޑާރަނައިބު ވިދާޅުވި އެވެ.

އެހެންކަމުން ބެސްޓިނެޓާއެކު އެއްބަސްވުމެއް ހަދަން ފެންނަކަމަށް ލަފާ ދެއްވާފައިވާނެ ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ގެއްލުންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ބަންޑާރަނައިބު އުޝާމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް