ads
އެމްއެމްއޭގެ ގަވަރުނަރު ޑރ.އަހުމަދު މުނައްވަރު އުރީދޫއާ އިންވާޑް ރެމިޓެންސް ލައިސަންސް ހަވާލުކޮށްދެއްވަނީ - ފޮޓޯ: އުރީދޫ
ޕޭޕަލްގެ ހިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫ ފިންޓެކަށް ދީފި
ޕޭޕަލްގެ ހިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫގެ ދަށުން ހިންގާ ޓެކްފިން މޯލްޑިވްސްއަށް ދޫކޮށްފި އެވެ.
Advertisement

އުރީދޫ އިން ބުނީ މި ލައިސަންސަކީ އުރީދޫގެ ފިންޓެކްގެ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު އެމްފައިސާ ވޮލެޓަށް ފައިސާ ޓްރާންސްފާ ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ލައިސަންސެއް ކަމަށެވެ.

މި ލައިސަންސް އުރީދޫއާ ހަވާލު ކުރުމަށް އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް އުރީދޫއާ އެ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. ލައިސަންސާ ހަވާލުވެވަޑައިގަތީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމަދީ އެވެ.

އެ ރަސްމިއްޔާތުގައި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓު ޚާލިދު އަލް ހަމާދީ ވިދާޅުވީ ޑިޖިޓަލް އިގްތިސާދެއް ބިނާކުރަން އެމްއެމްއޭއިން ކުރާ މަސައްކަތަށް އުރީދޫން ދޭ އަހައްމިއްޔަތަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ.

އުރީދޫގެ އެމްފައިސާ ވޮލެޓާއި ޕޭޕަލް ގުޅުވާލާއި، ޕޭޕާލްގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާއިރު މި ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އައި މަސައްކަތެކެވެ.

ޕޭޕަލް ތައާރަފު ކުރުމުން ބޭރުގެ ފަރާތްތަކަށް ތަކެތި ވިއްކުމަށް ދިވެހިންނަށް ފަސޭހަވެގެންދާނެ އެވެ. އެއީ ޕޭޕަލްއިން ފައިސާ ދެއްކުމުން ރާއްޖޭއި އެ ފައިސާ ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެހޭތީ އެވެ. ރާއްޖެއަށް ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނައުމުގައި އުރީދޫން އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. 

ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް