ads
ލ. ފޮނަދޫ އައި.ޔޫ.އެމް ކޭމްޕަސް އިމާރާތްކުރުމުގެ މަޝްރޫއު ގެ މަސައްކަތް ފެށުމުގެ ތެރެއިން
ލ. ފޮނަދޫ އައިޔޫއެމް ކޭމްޕަހުގެ އަމަލީ މަސައްކަތް ފަށައިފި
ލ. ފޮނަދޫގައި އަލަށް އިމާރާތް ކުރާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ކެމްޕަހުގެ އަމަލީ މަސައްކަތް ފަށައިފި އެވެ
Advertisement

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރެވެ. 

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އާއި، ފޮނަދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

3127 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮނަދޫއަކީ ތައުލީމަށް އިސްކަންދޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި މިއަދު އަމަލީ މަސައްކަތް ފެށި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ދަރިވަރުންނަށް ލިބޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައި އެވެ. 

މިއީ ތައުލީމީ ފުރުސަތުތައް ރަށުގައި ތިބެގެން ހޯދޭނެ އިތުރު މަގެއް ފަހިވާނޭ ކަމެއް ކަމަށާއި މި ތައުލީމީ ޖީލެއް ބިނާ ކުރުމަށް ރަށު ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެމްޓީސީސީން ވަނީ ފާހަގަ ކޮށްފައި އެވެ. 

މި މަޝްރޫއުގެ ދަށުން،3911.92 އަކަފޫޓުގެ ސަރަހައްދެއްގައި، 2 ފަންގިފިލާގެ މައި އިމާރާތެއް ކުރާނެ ކަމަށާއި 1970.76 އަކަފޫޓުގެ ސަރަހައްދެއްގައި، 1 ފަންގިފިލާގައި މިސްކިތަކާއި ވުލޫ ކުރާ ބައެއް ހެދިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

 މީގެ އިތުރުން 1571.53 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ މުވައްޒަފުން ތިބޭނެ ބަޔަކާއި، 7836.12 އަކަފޫޓުގެ ސަރަހައްދެއްގައި 4 ފަންގިފިލާގައި މުނިފޫހިފިލުވާނެ ބަޔަކާއި، ޖިމަކާއި ކެފެޓޭރިއާއެއް ހުންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއަކީ 17.60 މިލިއަން ރުފިޔާއަށް 365 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް