މި ރަސްމީޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުންކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ އެމްޑީ ޑެޕިއުޓީ ޑީސީޕީ (ރޑޓ) އަހުމަދު ސައުދީ އާއި، ފޮނަދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު އެވެ.
7 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮނަދޫ ގައި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމު ކުރެވުމާއެކު، ގުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާ ތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު ހައްދުންމަތީ ރައްޔިތުންނާއި ފޮނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ދިމާވެފައިވާ ދަތިތަކަށް ހައްލު ކުރެވިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ފޮނަދޫ އިމަޖެންސީއޮޕަރޭޝަން ސެންޓަރު އިމާރާތްކުރަން ފެށުމުގެ ތެރެއިން
މި މަޝްރޫއުގެ ދަށުން، 2368 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ކުރެވޭނެ ކަމަށާއި މި މަޝްރޫއަކީ 6.50 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.