ރޭ ފަތިސް ނަމާދަށް ގޮވަން މިސްކިތަށް ދިޔައިރި މިސްކިތުގެ އަންހެން ނަމާދުކުރާ ބަޔަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން އަންހެނުން ނަމާދު ކުރަން ހާއްސަކުރާ ބައިގެ ދޮރުގެ ބިއްލޫރި ގަނޑު ވަނީ ތަޅާލާފައެވެ.
ދޮރަށް ގެއްލުން ދިން ބަޔަކު އެ ދޮރު ހަލާކޮށްލާފައިވަނީ ފޭމަންޓްގައި ބޭނުންކުރާ ގަލެއް އެއްލާ ބިއްލޫރި ގަނޑު ތަޅާލައިގެންނެވެ. އެ ގާގަޑު މިސްކިތުގެ އެެތެރޭގައި އޮތް އިރު އެ ގާ އެއްލުމުގެ ސަބަބުން މިސްކިތުގެ ނަމާދުކުރާ ބައިގެ ބައެއް ތަށިމުށިތައްވެސް ވަނީ ތަޅައިގެންގޮސްފައެވެ.
ފުރުގާން މިސްކިތައް ބަޔަކު މީހުން ގެއްލުންދީފައި، އެމީހުން ދޮރު ތަޅާލަން ބޭނުންކުރި ގާ މިސްކިތުގެ އެތެރޭގައި
މީގެއިތުރުން ފުރުގާނު މިސްކިތުގެ ފާހާނާ ދޮރުތަކުގެ ތަޅުތައް ހަލާކުވެސް ވަނީ ކޮށްލާފައެވެ. އަދި އެތަނުގައި މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ ބައެއް ސާމާނުތައްވެސް ފެންނަ ހުރިއެވެ. މިސްކިތުގެ ފާހާނާ ދޮރުތައް ހަލާކު ކޮށްލައިގެން މަސްތުވާތަކެތި ދަންވަރު ބޭނުން ކުރުން އާދަޔަކަށް ވަމުން އަންނަކަމަށް އެ މިސްކިތައް އަރާ މީހުން ބުނެއެވެ.
މިސްކިތު ފާހާނާ ދޮރު ހަލާކުކޮށްލާފައި، މިތަނުގައި ޑްރަަގުސް ބޭނުން ކުރުން އާދަޔަކަށް ވަނީ
ފަހަކަށް އައިސް މާލޭގެ މިސްކިތްތަކުން ވައްކަން ކުރުން ވަނީ އާއްމުވެފައެވެ. އެގޮތުން ދާދި ފަހުންވެސް ވަނީ މާފަންނު އީދު މިސްކިތުގައި ހުރި ފަންކާތަކެއް ވަގަށް ނަގާފައެވެ. އޭގެ ކުރިން ތިން ފަހަރެއްގެ މަތިންވެސް އެ މިސްކިތުގެ ފަންކާތައް ވަގަށް ނަގާފައިވެއެވެ. މީގެއިތުރުން އެހެން ބައެއް މިސްކިތްތަކުންވެސް ވަނީ ވައްކަން ކޮށްފައެވެ.
ވައްކަމުގެ މައްސަލަ ބޮޑުވެ ބައެއް މިސްކިތްތަކުގައި ހުންނަ ފަންކާ ފަދަ ތަކެތީގައި ފަހަކަށް އައިސް ހުންނަނީ ޗޭނު ތަޅުވެސް އަޅުވާފައެވެ.