ads
ހެމާ އަދި ދަރުމެންދުރާ
ނޭވާލާން އުނދަގޫވެ، ދަރުމެންދުރާ އެޑްމިޓްކޮށްފި
ނޭވާލާން އުނދަގޫވެގެން އެޑްމިޓް ކުރުމަށްފަހު، ކުޅަދާނަ އެކްޓަރު ދަރްމެންދުރަގެ ސިއްހީ ހާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
Advertisement

އެޑްމިޓްކުރުމަށްފަހު، މިހާރު އޭނާގެ ހާލު ރަނގަޅުކަމަށް އޭނާގެ އަންހެނުން، މަޝްހޫރު އެކްޓްރެސް ހެމާ މާލިނީ ވަނީ ކަށަވަރުކޮށްދީފަ އެވެ.

ދަރްމެންދުރަ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވާ ކަމަށް ޝަކުވާ ކުރުމުން، ޗެކަޕެއް ހެދުމަށެވެ. މިފަދަ ޗެކަޕްތައް ދޭތެރެދޭތެރެއިން ހަދަންޖެހެއެވެ. 

ހެމާ މާލިނީ ވަނީ ދަރްމެންދުރަގެ ހާލު ރަނގަޅުކަމަށް ބުނެ، އޭނާގެ ސަޕޯޓަރުންނާއި ހެޔޮއެދޭ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. ދަރްމެންދުރަގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށާއި، މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހެމާ މާލިނީ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް