އުއްޗު ބައްލަވައިގަތީ މި މެޗުގެ 1000 ރުފިޔާއަށް ދޭ ސްވެނިއާ ޕްލެޓިނަމް ޓިކެޓެކެވެ.
އުއްޗުއާ މި ޓިކެޓް ހަވާލުކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހްމަދު ތާރިގާއި ފަލަސްތީނު 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޖުމާ ސުލައިމާނެވެ.
ދިވެހިރާއްޖެއާއި ފަލަސްތީނުގެ ކުޅޭ ފުޓްބޯޅަ މެޗުގެ ދެވަނަ ސްވެނިއާ ޓިކެޓް މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ބައްލަވައިގަންނަނީ
ދިވެހިރާއްޖެއާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ފުރަތަމަ ސްވެނިއާ ޓިކެޓް ބައްލަވާގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މެޗުގެ ޓިކެޓް ވިއްކާ އަގަކީ ސުވެނިއާ ޕްލެޓިނަމް ޓިކެޓެއް 1،000 ރުފިޔާއަށް، އަދި ސުވެނިއާ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ޖުމްލަ 50 ސުވެނިއާ ޕްލެޓިނަމް ޓިކެޓު ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެކެވެ. ޖުމްލަ 200 ސުވެނިއާ ގޯލްޑް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ގޮނޑިބަރި ޓިކެޓެވެ.
މި ދެ ޓީމު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރެ އެވެ.
އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގައެވެ. ފަލަސްތީނުގެ ޓީމުގެ މުޅި ޑެލިގޭޝަންގެ ހަރަދުތަކަށް 546،000 އެއްހާ ރުފިޔާ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
މި މެޗުތަކާ ގުޅިގެން ވިއްކާ ސްވެނިއާ ޓިކެޓްތަކަކީ ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމަށްޓަކައި އެފް.އޭ.އެމުން ވަކި އަދަދަކަށް ވިއްކާ ޓިކެޓްތަކެކެވެ.