ads
އިތުރު އެއާލައިންތަކެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އިންޓަރނޭޝަނަލް ޕަސެންޖަރު ޓާމިނަލަށް އިތުރު ތިން އެއާލައިނެއްގެ ހިދުމަތް ބަދަލުކޮށްފި އެވެ.
Advertisement

މިއާއެކު އާ ޓަރމިނަލަށް ހިދުމަތް ބަދަލުކުރި އެއާލައިންތަކުގެ ޖުމްލަ އަދަދު މިވަނީ 25 އަށް އަރާފައެވެ.

ވީއައިއޭގެ އާ ޓާމިނަލަށް އެންމެ ފަހުން ބަދަލުކޮށްފައިވަނީ ލޯ-ކޯސްޓް ދެ އެއާލައިން ކަމަށްވާ, އެއަރއޭޝިއާ މެލޭޝިޔާ އަދި ތައި އެއަރއޭޝިއާއެވެ. މި ދެ އެއާލައިނަށް އާ ޓަރމިނަލުން ހިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

މީގެ އިތުރުން އޮސްޓްރިއާގެ ގައުމީ އެއާލައިން, އޮސްޓްރިއަން އެއަރލައިންސްއަށް މިމަހުގެ 15 ވަނަ ދުވަހު އާ ޓަރމިނަލުން ވަނީ ހިދުމަތް ދޭން ފަށާފަ އެވެ.

މި ތިން އެއާލައިނަށް ވެސް އާ ޓާމިނަލުން ހިދުމަތްދޭން ފެށުން ފާހަގަކުރުމަށް ވީއައިއޭގައި ވަނީ ހާއްސަ ހަފްލާތައް ވަކިވަކިން ބާއްވާފަ އެވެ. އަދި އެ އެއާލައިންތަކުން ރާއްޖެއައި ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފެށީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1އަކީ ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ ޓާމިނަލެކެވެ. އެގޮތުން މި ޓާމިލަނުގައި ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން، މި ޓާމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ގާއިމްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
އެންމެ ފަސް