ads
ދިރާގު ރޯޑް ރޭސް 2025 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު: - ފޮޓޯ: ދިރާގު
ދިރާގު ރޯޑް ރޭހުން 13 ޖަމިއްޔާއަކަށް 678800ރ. ހަދިޔާކޮށްފި
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) މެދުވެރިކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 13 ޖަމިއްޔާއަކަށް ޖުމްލަ 678،800ރ. ދިރާގުން ހަދިޔާކޮށްފި އެވެ.
Advertisement

މިއަހަރުގެ ރޯޑް ރޭސް ބާއްވާފައިވަނީ މިދިޔަ މަހުގެ 24ގައި ހުޅުމާލޭގައެވެ.

ދިރާގުގެ ސީނިއާ މެނޭޖަރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބާއްވަނީ ކުޑަކުދިން ހިމާޔަތް ކުރުމާއި ރައްކާތެރިކުރުމުގެ ޝިއާރާ އެކު ކަމަށެވެ. 

"މި ގޮތުން މި އަހަރު އަޅުގަނޑުމެން މި ހަރަކާތް ކުރިއަށް ގެންދިޔައީ ކުޑަކުދިން ރައްކާތެރިކުރުމަށާއި، ހުރިހާ ކުދިން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރާ 13 އެންޖީއޯއަކާ ގުޅިގެން" ބިޝާރާ ވިދާޅުވެފައި ވެއެވެ.

މި އަހަރު ވެސް ދިރާގު ރޯޑް ރޭހަށް ރަޖިސްޓްރީ ކުރި އިރު ކޮންމެ ދުވުންތެރިއަކަށް ވެސް އެ ދުވުންތެރިއަކު ބޭނުން އެންޖީއޯއެއް ނޮމިނޭޓް ކުރުމުގެ ފުރުސަތު ހުޅުވައިލި އެވެ. އަދި ދުވުމުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް 76،831ރ. ހަދިޔާކުރި އެވެ. މި ފަސް އެންޖީއޯއަށް ޖުމްލަ ދެ ލައްކަ ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

މިއަހަރު އެންމެ ގިނަ ނޮމިނޭޝަން ލިބުނު އެންޖީއޯތަކަކީ:

- ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް

- ޓައިނީ ހާޓްސް އޮފް މޯލްޑިވްސް

- މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

- މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ

- އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)

މި ދުވުމުގެ ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100ރ. އާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު 478،800ރ. ވަނީ ރޯޑް ރޭހުގެ ހުރިހާ ޕާޓްނާ އެންޖީއޯތަކަށް ހަދިޔާކޮށްފަ އެވެ. އަދި ދިރާގު ރޯޑް ރޭހުން އެންޑޯސްކޮށްފައިވާ އިތުރު ހަތް އެންޖީއޯގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް ދިރާގުން ވަނީ 36،831ރ. ހަދިޔާކޮށްފަ އެވެ. އެ އެންޖީއޯތަކުގެ ތެރޭގައި ހިމެނެނީ:

- ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ

- ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)

- ކެއާ ސޮސައިޓީ

- މޮމްސް އެއިޑް

- ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)

- ވީލްޗެއާ އެސޯސިއޭޝަން އޮފް މޯލްޑިވްސް

- ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މިއީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

މި ދުވުން ދެން ބާއްވާނީ 30 އޮކްޓޫބަރު 2026ގައި ކަމަށް ވެސް ދިރާގުން ވަނީ އިއުލާނުކޮށްފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް