ads
އުރީދޫ އާއި އީޒްއެޕާއެކު ގާއިމްކުރި އެއްބަސްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އުރީދޫގެ އެމްފައިސާ މެދުވެރިކޮށް އަންނަ މަހުން ފެށިގެން އީޒްއެޕްގައި ފައިސާ ދެއްކޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައި --- ފޮޓޯ/އުރީދޫ
އަންނަ މަހުން ފެށިގެން އީޒަޕް ހިދުމަތުގައި އެމް-ފައިސާ ބޭނުންކުރެވޭނެ
އުރީދޫ ފިންޓެކް މޯލްޑިވްސް އިން އީޒަޕްއާ އެކު އާ ޕާޓްނަރޝިޕެއް ގާއިމް ކޮށް އިއުލާނު ކޮށްފި އެވެ.
Advertisement

މި ޕާޓްނަރޝިޕްގެ ދަށުން އީޒަޕް ބޭނުންކުރާ ފަރާތްތަކަށް ޑިސެމްބަރު 1، 2025 އިން ފެށިގެން އެމްފައިސާ މެދުވެރިކޮށް ރައްކާތެރި އަދި މެދުނުކެނޑި ޑިޖިޓަލް ޕޭމަންޓްތައް ކުރެވޭނެ ކަމަށް އުރީދޫއިން ފާހަގަކުރެ އެވެ.

އެމް-ފައިސާ އަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓު ކަމަށާއި އީޒަޕްގެ އިންޓެގްރޭޝަން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅު ކަމަށް އުރީދޫއިން ބުނެ އެވެ. 

"އަޅުގަނޑުމެންގެ ތަސައްވުރަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން. އީޒަޕްއާ އެކު ޕާޓްނަރޝިޕް ހެދުމަކީ އެމްފައިސާ މެދުވެރިކޮށް އަވަސް، ރައްކާތެރި އަދި އިތުބާރު ހިފޭ ޑިޖިޓަލް މުއާމަލާތްތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުން. މި އެއްބަސްވުމަކީ އީޖާދީ އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ސްމާޓް، ކަނެކްޓެޑް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް" އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވި އެވެ

މި ޕާޓްނާސިޕް އާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އީޒެޕްގެ ސީއީއޯ އަދި ސީއެފްއޯ އަބްދުالله މިއުވާން ޝަރީފް ވިދާޅުވީ އީޒަޕްގައި އަބަދުވެސް ފޯކަސް ކުރަމުން ދަނީ ކަސްޓަމަރުންގެ އާންމު ދިރިއުޅުން ފަސޭހަކޮށްދިނުމަށްކަމަށާއި އެމްފައިސާ އިންޓެގްރޭޓް ކުރުމާއެކު ފަސޭހަ، ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް އޮޕްޝަނެއް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގަ އެވެ.

your image

އުރީދޫ އާއި އީޒްއެޕާއެކު ގާއިމްކުރި އެއްބަސްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އުރީދޫގެ އެމްފައިސާ މެދުވެރިކޮށް އަންނަ މަހުން ފެށިގެން އީޒްއެޕްގައި ފައިސާ ދެއްކޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައި --- ފޮޓޯ/އުރީދޫ

އުރީދޫ ފިންޓެކް މޯލްޑިވްސްއާ އެކު ޕާޓްނަރޝިޕް ހެދުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖެގައި ކޭޝްލެސް މުސްތަގްބަލަށް ވާސިލުވެ، ޔުނިވާސަލް ޑިޖިޓަލް އެކްސެސް އިތުރުކޮށް، ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށާއި އެމްފައިސާގެ މުއާމަލާތްތަކަކީ ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ މުއާމަލާތެއްކަން ކަށަވަރު ކުރެވޭ ކަމަށް އުރީދޫއިން ފާހަގަ ކުރެ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް