"ކޮސް ގިނަ މިސްޓޭކް" ގެ ޕްރޮޑަކްޝަން ޓީމުން ބުނީ ލަންކާގައި މި ފިލުމު އެޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 އަދަި 29 މި ދެ ރޭ ކަމަށެވެ. ފިލްމު އަޅުވާނީ މައުންޓް ލެވީނިއާގެ ސިޓީ ލައިޓް ސިނަމާގައެވެ. ފިލްމު ޓިކެޓް ހޯދުމަށް ގުޅަންޖެހޭ ހޮޓްލައިން ނަމްބަރަކީ 0775034678 އެވެ.
"ކޮސް ގިނަ މިސްޓޭކް" އަކީ ޔޫއްޕެގެ ސްކްރީން ޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. މި ފިލުމުގެ ކާސްތޫންގެ ތެރޭގައި ރާއްޖޭޭގެ މަޝްހޫރު ގިނަ ބަތަލުން ހިމެނެއެވެ. އޭގެތެރޭގައި ފިލްމްގެ ޑައިރެކްޓަރުސީޒަންއާ ޔޫއްޕެގެ އިތުރުން މަރިޔަމް އައްޒަ އާއި އަހްމަދު ނިމާލާއި ޖުމައްޔިލް ނިމާލާއި މަރިޔަމް ޝިފާ އާއި ހާމިދު އަލީ އާއި އައިމިނަތު ރިޝްފާ ހިމެނެއެވެ.
މީގެއިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި އަހުމަދު ޝާކިރު ޝާއްކޮ (އަންމަޑޭ)ގެ ވެސް މުހިއްމު ރޯލެއް ފިލުމުގައި ހިމެނެއެވެ.
މި އަހަރު ވެގެން ގޮސްފައިވަނީ ގިނަ އަދަދެއްގެ ދިވެހި ފިލްމުތައް ރިލީޒްކުރާ އަހަރަކަށެވެ. "ކޮސް ގިނަ މިސްޓޭކް" މިއަހަރު ރިލީޒުކުރި ހަތްވަނަ ފިލްމެވެ.