ads
ސީޒަންގެ އުފައްދާ ޕަރީ ފިލްމުގެ ޕޯސްޓަރު ޑިޒައިންކުރަން ވަނީ ހުޅުވާލާފައި
ޕަރީގެ ޓްރެއިލާ ވަރަށްވެސް ތަފާތު
އަލީ ސީޒަން ޑައިރެކްޓްކޮށް މި އަންނަ އަހަރު ސިނަމާ އަށް ނެރެން ނިންމާފައިވާ ޕަރީ ފިލްމުގެ ޓްރެއިލާ ނެރެފި އެވެ.
Advertisement

ޕަރީ ފިލްމަކީ ބިރެވެރި އަދި އިހުސާސްތަކުން ފުރިގެންދާނެ ފިލްމެއް ކަމަށް އެ ފިލްމުގެ ޓީމުން ދަނީ ބުނަމުންނެވެ. 

އެ ފިލްމުގެ ޓްރެއިލާ ބަލާލުމުން ވެސް އެ ފިލްމުގެ ބިރުވެރިކަން ދަނީ އިހްސާސް ވަމުންނެވެ. 

އެ ޓްރެއިލާ ބެލުމަށް ފަހު ގިނަ ބަޔަކު ބުނަމުން ދަނީ އެ ފިލްމު ވެގެން ދާނީ ވަރަށްވެސް މޮޅު އަދި ބިރުވެރި ފިލްމަކަށް ކަމަށް ގަބޫލު ކުރާކަމުގަ އެވެ. 

ސްރީލަންކާގައި ސޫޓްކޮށްފައިވާ މި ފިލްމު ދިވެހި ސިނަމާ އަށް އިތުރު ދިރުމެއް ގެނެސް ދޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ޓްރެއިލާ ބެލުމަށް ފަހު އެއްބަޔަކު ބުނަމުން ދިޔަ އެވެ. 

މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ތަރިންގެ މޮޅު ހުނަރު ފެނިގެންދާ މިޓްރެއިލާ އިން ބިރުވެރި ކަންތައްތަކެއް ހިނގުމާއި ގުޅިގެން އެކަމުގެ ސަބަބުން އެމީހުންނައް ކޮށްފައިވާ އަސަރެވެ. 

މި ފިލްމަކީ ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ސިނަމާ އަށް ގެއްލިފައި ހުރުމަށް ފަހު ސީޒަން އަލުން ދިވެހި ސިނަމާއިން ފެނިގެންދާނެ ފިލްމެ ކެވެ. 

ޕަރީ އަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން އާއި އެކުވެގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. 

ފިލްމްގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ މޫނުތައް ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް