ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި، މިދިޔަ މަހުގެ 25 ގައި އިތުރު ޑްރެޖަރެއް ގެނެސް، މަސައްކަތް ފެށީ މިދިޔަ މަހުގެ 28 ގައެވެ.
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނީ ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެވުނު 2 ޑްރެޖަރާއިއެކު ބިން ހިއްކުމުގެ މަސައްކަތް ދަނީ ހަލުވިކަމަާއިއެކު ކުރިއަށްކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން މިހާރު ހިއްކާ ނިމިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ ތެރެއިން
ޑްރެޖަރުތައް ގެނައި އެމްއޭސީއެލްއިން ބުނީ 21،000 ސީބީއެމްގެ ކެޕޭސިޓީ ހުރި މި ޑްރެޖަރުތަކުގެ ތެރެއިން ކޮންމެ ޑްރެޖަރަކުން ދުވާލަކު ތިން ބުރު ޖަހާނެކަމަށެވެ. އެއާއެކު، ދެ ޑްރެޖަރުން ދުވާލެއްގެ މައްޗަށް ޖުމްލަ 126،000 ސީބީއެމްގެ ވެލި އަޅާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ ތެރެއިން
މި މަސައްކަތް ދެގުނަ އަވަސް ވުމާއެކު، އަންނަ ފެބްރުއަރީ މަހުގެ މެދެއްހާ ތަނަށް ހުޅުމާލެ ފޭސް 3 ހިއްކާ ނިންމާލެވޭނެ ކަމަށް އުއްމީދު ކުރެވޭކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.