ads
އެޗްޑީސީއިން ސްޓޯލް ކުއްޔަންދިނުން - ފައިލް ފޮޓޯ: އެޗްޑީސީ
"އާ އަހަރު ފެސްޓިވަލް" އަށް ސްޓޯލް ކުއްޔަށް ދޫކުރަނީ
އާ އަހަރާ ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ނިއު އިޔަރ ފެސްޓިވަލް"އިން ސްޓޯލް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގުޅޭ ޗެނަލް ސަރަހައްދުގަ އެވެ. 

ފޯމު ހުށަހެޅުން މިމަހުގެ 22 ވަނަ ދުވަހުގެ 12:00 އިން ފެށިގެން 23 ވަނަ ދުވަހުގެ 12:00 އަށް ހުޅުވާލާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. 

މި ފެސްޓިވަލްގައި އެފް އެންޑް ބީ ކެޓަގަރީގެ ދަށުން އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ މީހުންނަށް 20 ސްޓޯލް ދޫކުރާއިރު އެފް އެންޑް ބީ އެސްއެމްއީ ކެޓަގަރީން 20 ސްޓޯލް އަދި ރީޓެއިލް އެސްއެމްއީ ކެޓަގަރީން 40 ސްޓޯލް ދޫކުރަން ވަނީ ނިންމާފަ އެވެ.

މި ފެސްޓިވަލްގައި ދޫކުރަނީ 10 ފޫޓު 10 ފޫޓުގެ ސްޓޯލެވެ. ސްޓޯލްތަކަށް ދުވާލަކަށް 500 ރުފިޔާގެ ރޭޓުން 6 ދުވަހަށް 3000 ރުފިޔާ ދައްކަން ޖެހެ އެވެ. އެޗްޑީސީން ބުނި ގޮތުގައި ސްޓޯލް ދޫކުރުމަށް ހަމަޖެހިފައިވަނީ "ފަސްޓް ކަމް-ފަސްޓް ސާވް" އުސޫލުން ޝަރުތު ހަމަވާ ފަރާތްތަކަށެވެ. 

މިއީ އާ އަހަރު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ފެސްޓިވަލްގައި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލެވުނު ފުރުސަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް