ads
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ހުޅުމާލެ 1ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އާދިއްތަ ދުވަހު ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ގޮތަށް ނިންމަވައިފި އެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރަން ބޭނުންވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް މާދަމާ ރޭ އޮންނާނެ ކަމަށެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ރެހެންދި ސްކޫލުގައި މާދަމާ ރޭ 8:30 ގަ އެވެ. 

ރައީސް ގެންދަވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރައްވަމުން ނެވެ. އެ ބައްދަލުވުންތަކުގައި ރައްޔިތުންގެ ސުވާލާއި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދަނީ ދެމުން ނެވެ. އެންމެފަހުން ރައީސް ބައްދަލުކުރެއްވީ ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ރައްޔިތުންނާ އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ދެ އަހަރު ވުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް