ads
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފެށުން - ފޮޓޯ: ޕީއެސްއެމް
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދިން ގޯތިތަކުގެ ގުރުލުން ފަށައިފި
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި އެވެ.
Advertisement

ގޯތިތަކުގެ ގުރުއަތު އަލުން ނެގުމަށް ނިންމީ ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެންދާނެތީ އެވެ. 

ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ގުރުއަތުލުން ކުރިއަށްދަނީ ކަލާފާނު ސްކޫލުގަ އެވެ. މިނިސްޓްރީން ބުނީ، ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު، ހިޔާވަހި ޕޯޓަލުން ފެންނާނެ ކަމަށެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތީގެ ގުރު ނެގުމަށް ހަމަޖެހިފައިވާއިރު ގޯތި ލިބޭ މީހުންނަށް ލިބޭ ޕްލޮޓްގެ ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންނެވެ.

ގޯތީގެ ސައިޒާއި ގޯތީގެ އަދަދު

  • 1،650 އަކަފޫޓުގެ 181 ގޯތި
  • 2،050 އަކަފޫޓުގެ 242 ގޯތި
  • 2،450 އަކަފޫޓުގެ 132 ގޯތި
  • 2،850 އަކަފޫޓުގެ 62 ގޯތި
  • 3،250 އަކަފޫޓުގެ 41 ގޯތި
  • 3،650 އަކަފޫޓުގެ 16 ގޯތި
  • 4،000 އަކަފޫޓުގެ 24 ގޯތި

ވަކި ހިސާބަކަށް ގޮސް، ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އިތުރު ޑްރެޖަރުތަކެއް ގެނެސް އެ މަސައްކަތް މިހާރު ވަނީ ހަލުއިކޮށްފަ އެވެ. 

ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ މަހުގެ ފަހުކޮޅުގައި ވިދާޅުވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް