އުރީދޫއިން ކޮންމެ ދެ މަހަކުން އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) އެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

Advertisement
އުރީދޫ އިން ބުނި ގޮތުގައި މިމަހުގެ 20 ވަނަ ދުވަހުން އަންނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހަ ލަކީޑްރޯ ހިމެނޭއިރު، ހަ ކަސްޓަމަރުންނަށް އެއް އޭޓީވީ ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހައްމާދީ ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކުވެސް އުރީދޫ ނެޓްވޯކް މެދުވެރިކޮށް ގުޅިފައިވާ ކަސްޓަމަރުންނަށް އިތުރު އިނާޔަތެއް ދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އުރީދޫން ކޮންމެ ދެ މަހަކުން އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނެ އެވެ. އެހެންވެ، އެ ޕްރޮމޯޝަނުގައި ޖުމްލަ ހަ އޭޓީވީ ދޭނެ އެވެ.
"އުރީދޫގެ ހިދުމަތްތައް އާންމު ދިރިއުޅުމުގައި ބޭނުންކޮށްގެން، ރަށު ދިރިއުޅުމަށް އެންމެ އެކަށޭނަ އޯލް ޓެރެއިން ވެހިކަލް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ. ކޮންމެ ދެ މަހަކުން އެއްފަހަރު ޑްރޯއާއެކު މުޅި އަހަރު ކުރިއަށް ގެންދާ މި އިނީޝިއޭޓިވްއަކީ އުރީދޫގެ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށް ކުރުއަށް ގެންދެވޭ ޕްރޮމޯޝަނެއް،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހައްމާދީ ވިދާޅުވި އެވެ.
މި ޑްރޯއަށް ކޮލިފައިވުމަށް އުރީދޫގެ މޯބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހާ ނުވަތަ 5ޖީ އެއާފައިބަ ފަދަ ހިދުމަތްތައް ސަބްސްކްރައިބް ކުރަންވާނެ އެވެ. ކޮންމެ ގުރުއަތު ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތް ބޭނުންކުރުމަށް މަހަކު 400 ރުފިޔާ ހަރަދުކޮށްފައިވާން ޖެހެ އެވެ. އަދި ޑްރޯ ކުރާ ތާރީހުގައި ކަސްޓަމަރުން ހިދުމަތް އެކްޓިވްކޮށް ބޭނުން ކުރާ ކަސްޓަމަރަކަށް ވާންޖެހެ އެވެ.
މި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދެ މަހަކުން އެއްފަހަރު އެވެ. ޕްރޮމޯޝަންގެ ފައިނަލް ގްރޭންޑް ޕްރައިޒް ގުރުއަތުލުން އޮންނާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.