އުރީދޫން 2026 ވަނަ އަހަރަށް ތައާރަފުކުރި އޮފާތަކުގެ ތެރޭގައި ހިމެނެނީ ޕްރިޕެއިޑް ނިއު އިޔާ ޕެކާއި އެއް އަހަރު ދުވަހުގެ އާޒާ ޕްރިޕެއިޑް ޕްލޭނާއި ހަ މަސް ދުވަހުގެ އާޗާ ޕްލޭނާއި ތިން މަސް ދުވަހުގެ އާޗާ ޕްރިޕެއިޑް ޕްލޭނާއި އަންލިމިޓެޑް ސޯޝަލް ޑޭޓާ ޕެކާއި ޓިކްޓޮކް ސުޕާ ޑީލެވެ.
އުރީދޫގެ ޕްރިޕެއިޑް ނިއު އިޔާ ޕްލޭނަކީ 26ރ. އަށް 26 ލޯކަލް މިނިޓާއި 1.5 ޖީބީ ޑޭޓާ ލިބޭ ތިން ދުވަހުގެ ޕްލޭނެކެވެ. މިއީ އާހަރުގެ ވީކެންޑަށް ހާއްސަކޮށް އެ ކުންފުނިން ތައާރަފު ކުރި އޮފާއެކެވެ.
އުރީދޫގެ އާ އާޗާގެ އެއް އަހަރު ދުވަހުގެ ޕްލޭނަކީ 2،026ރ. އަށް ޖުމްލަ 730 ޖީބީ ޑޭޓާ އާއި އުރީދޫގެ ނަމްބަރުތަކަށް ހިލޭ ގުޅޭނެ ފުރުސަތު ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖުން އެއް ޖީބީގެ ޑޭޓާ އާއި އެއް ޖީބީ ޑޭޓާ ޓިކްޓޮކަށް ލިބޭނެ އެވެ.
އުރީދޫގެ އާ އާޗާގެ އެއް އަހަރު ދުވަހުގެ ޕްލޭނަކީ 2،026ރ. އަށް ޖުމްލަ 730 ޖީބީ ޑޭޓާ އާއި އުރީދޫގެ ނަމްބަރުތަކަށް ހިލޭ ގުޅޭނެ ފުރުސަތު ލިބޭ ޕެކޭޖެއެއް
އުރީދޫން އާ އަހަރަށް ހާއްސަކޮށް ނެރުނު އޮފާތަކުގެ ތެރޭގައި އާޗާ ހަ މަސް ދުވަހުގެ އޮފާއެއް ވެސް ހިމެނެ އެވެ. އެއީ 2،026ރ. އަށް ޖުމްލަ 990 ޖީބީ ޓޭޑާ އާއި ހިލޭ ފޯން ކޯލް ޑޭޓާ ލިބޭ ޕެކެކެވެ. އެ ޕެކް ހިޔާރުކުރުމުން ދުވާލަކަށް 5.5 ޖީބީ ޑޭޓާ ލިބޭނެ އެވެ. އާޗާ ތިން މަހުގެ އޮފާ އަކީ 1،100ރ. އަށް ތިން މަހަށް 270 ޖީބީ ލިބޭ އޮފާއެކެވެ. މި އޮފާގެ ދަށުން ހިލޭ ފޯން ކޯލާއި ދުވާލަކަށް ތިން ޖީބީ ޑޭޓާ ލިބޭނެ އެވެ.
އުރީދޫން ތައާރަފްކުރި ސޯޝަލް މީޑިއާ ޕެކަކީ ސޯޝަލް މީޑިއާ އަށް ހާއްސަކޮށް 25ރ. އަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އެއްވެސް ލިމިޓަކާ ނުލާ ބޭނުންކުރެވޭނެ އެވެ. މިއީ އެއް ދުވަހުގެ މުއްދަތަށް ލިބޭ އޮފާއެކެވެ.
އޭގެ އިތުރުން އުރީދޫން ވަނީ 28 ދުވަހަށް ފަސް ޖީބީގެ ޓިކްޓޮކް ޑޭޓާ ލިބޭ އޮފާއެއް ވެސް ތައާރަފްކޮށްފައެވެ.
އާ އަހަރުގެ އޮފާތަކާއެކު އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މުވާސަލާތީ ވަސީލަތްތަކުގެ ޒަރިއްޔާއިން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ހޯދައިދީ 2026 ވަނަ އަހަރު ވެސް ގުޅުންތައް ބަދަހި ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.