މިއީ ރާއްޖޭގެ މޮބައިލް ނަމްބަރުން ވައިބާ އެކައުންޓު ހަދާފައިވާ ކޮންމެ ވައިބާ ޔޫޒާއަކަށް ވެސް ފެންނާނެ އެނިމޭޝަނެކެވެ.
ދިރާގުގެ ކަސްޓަމަރުން ވައިބާގައި "ނިއު އިޔާ"ގެ ވާހަކަ ދައްކައި، މެސެޖެއް ފޮނުވާލުމާއެކު މުޅި ސްކްރީން ދިއްލައިލާނެ އެވެ. އެގޮތުން ސްކްރީންގެ އެކި ހިސާބުތަކުން ހަވާ އަރުވާ މަންޒަރާއެކު، 2026 ފެށުމުގެ ތަހުނިޔާ ވެސް ފޮނުވައިދޭނެ އެވެ.
ދިރާގުން ވައިބާއާ ގުޅިގެން އާ އަހަރަށް ހާއްސަ އެނިމޭޝަނެއް ނެރެފައިވާއިރު، އެކުންފުނިން ވަނީ އާ އަހަރަށް ހާއްސަ އޮފާތަކެއް ވެސް ތައާރަފްކޮށްފަ އެވެ. މި އޮފާތައް ދިރާގު އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓުކުރެވޭނެ އެވެ.
ދިރާގުން ބުނީ އެކުންފުނިން މަސައްކަތް ކުރަމުން ދަނީ މި ފެށޭ އާ އަހަރަކީ ކަސްޓަމަރުންނަށް އުފާވެރި، ހާއްސަ މުނާސަބަތަކަށް ހެދުމުގެ ބައިވެރިއަކަށްވުމަށް ކަމަށެވެ.