ads
މިހާރު ހިއްކަމުން އަންނަ ހުޅުމާލޭގެ ތިންވަނަ ފިޔަވަހި
ހުޅުމާލެ ތިންވަނަ ފިޔަވަހި: 49 ހެކްޓަރުގެ ބިން ހިއްކައިފި
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި މިހާތަނަށް 49 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފި އެވެ.
Advertisement

ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އެމްްއޭސީއެލް އިންނެވެ. އެމްއޭސީއެލް އިން މިއަދު ވިދާޅުވީ، އެ މަސައްކަތުގެ 49 ހެކްޓަރުހެ ސަރަހައްދެއްގެ ބިން ހިއްކާ ނިމިފައި ވާއިރު، މުޅި މަސައްކަތުގެ 77.78 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމާ ހަވާލުވެ އެ މަސައްކަތް އަލުން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. 

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ޕްރިންސް ޑަ ނެދަލަންޑެން އާއި އޮރަންޖޭ ނަމަކަށް ކިޔާ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. މި ދެ ޑްރެޖަރުގެ ކެޕޭސިޓީއަކީ 22،000 ސީބީއެމް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، ވަރަށް ފަހުން އަލުން ފެށީ ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.

ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހުނީ، ހުޅުމާލޭގެ މާސްޓާޕްލޭން މުރާޖައާކުރުމުގެ މަސައްކަތް ކުރިއަށް ދިޔުމުންކަމަށް ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

އަންނަ ފެބްރުއަރީ މަހުގެ މެދެއްހާ ތަނަށް ހުޅުމާލެ ފޭސް 3 ހިއްކާ ނިންމާލެވޭނެ ކަމަށް އުއްމީދު ކުރެވޭކަމަށް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;