މި ލިމިޓެޑް ޓައިމް ޕްރޮމޯޝަންގެ ދަށުން އަންލިމިޓެޑް ސުޕަނެޓް ޕްލޭންތައް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އިންޓެލިޖެންޓް ހޯމް މޮނިޓަރިން ސޮލިއުޝަންސް އާއި އިތުބާރު ހިފޭ ހައި-ސްޕީޑް އިންޓަނެޓް އެކުލެވިގެންވާ ހިލޭ އީޒެޑްވިޒް ސްމާޓް ސެކިއުރިޓީ ޑިވައިސްތައް ލިބޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.
އުރީދޫއިން ބުނި ގޮތުގައި ސުޕަނެޓް ފައިބަ ބްރޯޑްބޭންޑާއެކު އުފައްދާފައިވާ މި ސްމާޓް ހޯމް އޮފާ ފަރުމާކޮށްފައި ވަނީ މެދުނުކެނޑި ހައި ސްޕީޑް އިންޓަނެޓްގެ އެހީގައި ސްމާޓް ޑިވައިސްތައް އެންމެ ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތަށެވެ.
ސްމާޓް ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުން ދުރުގައި ތިބެގެން މޮނިޓާކޮށް، ގުޅުވާލައި، ކޮންޓްރޯލް އަދި ބަލާލެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
މި ހަރަކާތަކީ އުރީދޫ މޯލްޑިވްސް އިން މުވާސަލާތީ ވަސީލަތްތަކާއި ޑިޖިޓަލް ސޮލިއުޝަންތައް އެއްކޮށްލައި، އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.
އުރީދޫ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންލިމިޓެޑް ސުޕަނެޓް އެކްޓިވޭޓްކޮށް، ސްމާޓް ހޯމް އޮފާ ހޯދުމަށް އެދެވޭނެ އެވެ.
އުރީދޫގެ ސުޕަނެޓް ޕެކޭޖުތަކުގެ މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ.