މިއަދު ޖުވާ ކުޅުމަކީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ހިތަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުއްވި ބިލާއި މެދު ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގިނަ ބަޔަކު ވަނީ އޮންލައިންކޮށް، ޖުވާކުޅުމުގައި ޖެހިފައި ކަމުގަ އެވެ.
ޖުވާކުޅުން ހުއްޓުވުމަކީ އުނދަގޫ ކަމަކަށްވީ މިއީ އިންޓަނެޓާއި ސޯޝަލް މީޑިއާގެ ޒަމާނަކަށް ވާތީ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުން ވަނީ ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާފައި އެވެ.
ގާނޫނުއްއުގޫބާތަށް މި އިސްލާހު ގެންނަންް ރައްޔިތުންގެ މަޖިލީހަށް ފޮނުވިކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ 10 ޑިސެމްބަރުގައި ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހެޅުއްވި ބިލުގައި ހިމަނާފައި ވަނީ ޖުވާ ކުޅުން ނުވަތަ ޖުވާ ކުޅޭތަނެއް ހިންގުން ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށެވެ. އަދި އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައެޅުމަށް ހިމަނާފައިވެ އެވެ. ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1 އަހަރާއި، 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބެއްކަމަށް ވަނީ 4 އަހަރަށް ޖަލަށްލުމެވެ.
ޖުވާ ކަމުގައި ނުބެލެވޭނެ ތިން ކަމެއް ވެސް ބިލުގައި ފާހަގަކުރި އެވެ. އެއީ؛