ads
ބަނގުރާ ވިއްކާ ބޭރު ގްރޫޕެއް އަނެއްކާވެސް ހައްޔަރު
ބަނގުރާ ވިއްކާ ބޭރު ގްރޫޕެއް އަނެއްކާވެސް ހައްޔަރުކޮށްފި
މާލޭގައި ބަނގުރާ އުފައްދައި، ގެންގުޅެ ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
Advertisement

އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުންޏެވެ. 

މި ޖަނަވަރީ މަހުގެ ފަސްވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޑިއު ކުމަރް މެޔޮންގްބަ، ނޭޕާލް (30އ) އާއި ސުމަން އަދިކަރި ، ނޭޕާލް (26އ) އާއި މޮޒައްމެލް، ބަންގްލަދޭޝް (43އ) އާއި ރާމްޖި ޕަރިޔަރް. ނޭޕާލް (38އ) އާއި ބިކްރަމް ނެޕަލި، ނޭޕާލް (27އ) އެވެ. މި އެންމެން ވެސް މިހާރުވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މި ފަހުން، ބަނގުރަލާއެކު ގިނަ އަަދަދެއްގެ ބިދޭސީންވަނީ ހައްޔަރުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް