ads
ޕަރީގެ ކާސްޓުން
ޕަރީ: ދިވެހި ބިރުވެރި ފިލްމު އިސްޑަސްޓްރީ އަށް ބޮޑު އިންގިލާބެއް
ރޭގައި ލޯންޗު ކުރި ދިވެހި ފިލްމު ޕަރީ ޗެޕްޓާރް 1 ވެގެން ގޮސްފައިވަނީ ދިވެހި ބިރުވެރި ފިލްމު އިންޑަސްޓްރީ އަށް ބޮޑު އިންގިލާބެއް ގެނައި ފިލްމެއް ކަމުގައި ކަމަށް ފިލްމު ބަލަން ދިޔަ ގިނަ މީހުން އެއްބަސް ވާނެ އެވެ.
Advertisement

ފިލްމު ބަލަމުން ދިޔަ އިރު އިވެމުންދިޔަ ބިރުން ހަޅޭލެވުމުގެ އަޑާއި އަތް ޖެހުމުގެ އަޑު އިންތިހާ އަށް ގަދަކަން ފާހަގަ ކޮށްލެވެ އެވެ. 

މި ފިލްމަކީ 2026 ވަނަ އަހަރު އެޅުވިގެންދާ އެންމެ މޮޅު އެއް ފިލްމަށް ކަމަށްވެސް ފިލްމު ބަލާފައި ނިކުމެގެން ދިޔަ ގިނަ މީހުން ދިޔައީ ބުނަމުންނެވެ. 

ދެން ފާހަގަ ކޮށްލަން ޖެހޭނީ މި ފިލްމުގެ މޮޅު އެކްޓިން އަދި މޭކްއަޕްގެ ވާހަކަ އެވެ. 

މި ފިލްމުން ފެނިގެންދާ ޕަރީ ( އައިޝަތު ލަމްސާ ލަތީފް) އަށް ތައުރީފުގެ ބަސްތައް ވަނީ އާންމުން އަދި ބެލުންތެރިންވެސް އޮއްސާލާފައި އެވެ. ކުޑަ ކުޑަ ޕަރީގެ މޮޅު އެކްޓިން ފެނިގެން އާސޯހުނުވާ ހަމަ އެކަކުވެސް ނެތޭ ބުނިޔަސް އެއީ ދޮގަކަށް ނުވާނެ އެވެ. 

ގިނަ ބަޔަކުު ވަނީ މި ފިލްމު ހޮލީވުޑް އަދި ބޮލީވުޑްގެ މޮޅެތި ފިލްމުތަކާއި އެއް ފަންތިއެއްގައި ފައި ވިއްދާލާނެ ކަމަށް ފާހަގަ ކޮށްލާފައި އެވެ. 

your imageޕަރީގެ ޓީމް

ދެން މި ފިިލްމުގެ ސައުންޑް އަދި ވީއެފްއެކްސް އަށް ބަލާލަމާ ތޯ؟ 

މި ފިލްމުގެ ސައުންޑް އަދި ވީ އެފްއެކްސް އަކީ ހަމަ 100 އިން 100 ދޭން ޖެހޭ ވަރުގެ ސައުންޑެއް އަދި ވީއެފްއެކްސް އެއް ކަމަށާއި މި ފިލްމުގެ ބެކް މިއުޒިކް އަކީ މިހާތަނަށް އޮލިމްޕަހުގައި އެޅުވުން ފިލްމުތަކުގެ ތެރެއިން އެންމެ ފުރިހަމަ ސައުންޑް އަދި ވީއެފްއެކްސް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުން ނެވެ. 

މި ފިލްމަކީ ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ސިނަމާ އަށް ގެއްލިފައި ހުރުމަށް ފަހު ސީޒަން އަލުން ދިވެހި ސިނަމާއިން ފެނިގެންދާނެ ފިލްމެ ކެވެ. 

ޕަރީ އަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން އާއި އެކުވެގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. 

ފިލްމްގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ މޫނުތައް ފާހަގަކޮށްލެވެއެވެ.

މި ފިލްމު ފެށުމުގެ ކުރިން ސީޒަން ބުނެފައިވަނީ މި ފިލްމަކީ އޭނާގެ ޕްރޮޑަކްޝަން ކެރިއާރްގެ އެންމެ ބެސްޓް އަދި އެންމެ ފުރިހަމަ ފިލްމުކަމަށް ގަބޫލު ކުރާ ކަމުގައި އެވެ. 

ފިލްމު ނިންމާލީ "ޕަރީ: ޗެޕްޓަރ 2" ގެ ޓްރެއިލާ ދައްކާލުމަށްފަހުގަ އެވެ.

މި ޓްރެއިލާ އާއި އެކު ގިނަ ބަޔަކު ވަނީ މި ފިލްމުގެ ދެވަނަ ބައެއް ބަލަން ކެތްމަދުވެފައި އެވެ. 

މި ފިލްމަކީ ހަމަ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް